މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ)ގެ އަސާސީ ގަވާއިދާއިި ކުލަ ހަމަޖައްސައި 15 ބޭފުޅުން ހިމެނޭ ވަގުތީ ލީޑަރޝިޕެއް އެކުލަވާލައިފި އެވެ.
ލޭބަރ ޕާޓީން މިރޭ ބޭއްވި އެ ޕާޓީ އުފެއްދުމަށް ބޭނުންވާ އާންމު ޖަލްސާއަށް ޕާޓީގެ 317 މެމްބަރުން ވަނީ ހާޒިރުވެފައެވެ. އެގޮތުން ޕާޓީގެ ނަމާއި އަސާސީ ގަވާއިދު ފާސްކޮށްފައިވަނީ ޖަލްސާއަށް ހާޒިރުވި 317 މެމްބަރުންގެ އިއްތިފާގުންނެވެ.
އެ ޕާޓީގެ ކުލަތަކުގެ ގޮތުގައި ރަތާއި ކަޅު އަދި ހުދު ވަނީ މިރޭ ހަމަޖައްސާފައެވެ. އެގޮތަށް ނިންމާފައިވަނީ ޖަލްސާއަށް ހާޒިރުވެ ތިބި މެމްބަރުންގެ 314 ވޯޓުންނެވެ.
މިރޭގެ ޖަލްސާގައި އެ ޕާޓީގެ ލީޑާރޝިޕަށް ހަމަޖެއްސި ބޭފުޅުންނާއި އެބޭފުޅުންނަށް ލިބިފައިވާ ވޯޓު: