ޚަބަރު

ހެލްމެޓު އެޅުން މަޖުބޫރުކުރުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މަރުހަބާ ކިޔައިފި

އަހުމަދު ޖައިޝަން

ބުރިޖާއި ހައިވޭގައި ދުއްވާ ފަރާތްތަކުން ހެލްމެޓު އެޅުމަށް މަޖުބޫރު ކުރުމުން އެ ނިންމުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން މަރުހަބާ ކިޔައިފި އެވެ.

ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފީހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ހެލްމެޓު އެޅުމުން މަގުތަކުގައި ހިނގާ އެކްސިޑެންޓުތައް 70 އިންސައްތައަށް ދަށްވާ ކަމަށާއި މަރުވާ މީހުންގެ އަދަދު 40 އިންސައްތައަށް ދައްވާ ކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ.

އަދި އެކްސިޑެންޓުތަކުގައި ބޮޑެތި އަނިޔާވެ މީހުން މަރުވުމާއި ނުކުޅެދުމަށް އެންމެ ބޮޑަށް މަގުފަހިވަނީ ބޮލަށް ލިބޭ އަނިޔާތަކުގެ ސަބަބުން ކަމަށްވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

ބުރިޖާއި ހައިވޭގައި ދުއްވާ ފަރާތްތަކުން މިއަހަރުގެ މާޗު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް އެޅުން މަޖުބޫރުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ އިއްޔެއެވެ،