މާލޭ އިންޑްސްޓްރިއަލް ޒޯނުގައި ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް، ކާރެއްގައި ޖެހި ސައިކަލު ދުއްވަން އިން ޒުވާނަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު "ވަން އޮންލައިން" އަށް މިއަދު ވިދާޅުވީ އިންޑަސްޓްރިއަލް ޒޯނުގައި އެކްސިޑެންޓެއް ހިނގިކަމުގެ މައްސަލައެއް މިއަދު 1800 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.
އެ ހާދިސާގައި އަނިޔާ ވެފައިވަނީ 21 އަހަރުގެ ޒުވާނަކަށް ކަމަށާއި އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
އެ އެކްސިޑެންޓު ހިނގާފައިވަނީ އިންޑަސްޓްރިއަލް ޒޯނުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ސައިކަލުން ޖެހިއެވެ.
އެ ހާދިސާގައި ޒުވާނާގެ އިތުރުން ސައިކަލަށްވެސް ބޮޑެތި ގެއްލުންވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.