ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތުގައި ބައިވެރިވުމަށް އާންމުންގެ 150 މީހަކު ކުރިމަތިލައިފި އެވެ.
ހެރިޓޭޖް މިނިސްޓްރީން ބުނީ އާންމުންގެ ފަރާތުން ހިލޭ ސާބަހަށް އެ މިސްކިތް ރޭވުމަށް އެހީވާން ހުށަހެޅި މީހުންގެ ތެރޭގައި އެކި އުމުރުގެ މީހުން ތިބި ކަމަށެވެ.
ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތުގައި އާންމުން ބައިވެރިކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމައި އެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ ތިނެއްގައެވެ.
އެ މިސްކިތް ރާވައި ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ ކުރީގެ ދިރާގު ހެޑް އޮފީސް ހުރި ބިމުގައެވެ.
ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނިންމުމަށް ވައުދުވެފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.