ޝެއިޚް އަލީ ޒައިދު

ޚުތުބާ ކިޔާ ގަޑީގައި ޤުރުއާން ކިޔެވުމަކީ ސުންނަތާ ޚިލާފު ކަމެއް: ޝެއިޚް ޒައިދް

ޚުތުބާ ކިޔާ ގަޑީގައި ޤުރުއާން ކިޔެވުމަކީ ސުންނަތާ ޚިލާފު ކަމެއް ކަމަށް ދީނީ އިލެމުވެރިޔާ އައްޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ. ޝެއިޚް ޒައިދު މިހެން ވިދާޅުވީ އޭނާ މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގަ އެވެ.

ޝެއިޚް ޒައިދު ވިދާޅުވީ ޚުތުބާ ކިޔާ ގަޑީގައިވެސް ބައެއް މީހުން ފޯނުން ޤުރުއާން ކިޔަވާތަން ފެނިވަޑައިގަންނަވާ ކަމަށާއި އެއީ ގޯހެއް ކަމަށެވެ.

"ޚުތުބާ ކިޔާ ގަޑީގައި ޖެހޭނީ އަޑުއަހަން. އެއީ ވާޖިބެއް." ޒައިދުގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

ޝެއިޚް ޒައިދު އެހެން ވިދާޅުވި އިރު، ޚުތުބާ ކިޔާ ގަޑީގައި މިސްކިތު ތެރޭގައި ތިބޭ އިރު ފޯނުންނާއި ޚަތިމު ބޭނުންކޮށްގެން ވެސް މީހުން ޤުރުއާން ކިޔަވާތަން އާންމުކޮށް ފެނެ އެވެ. އަދި މިސްކިތުން ބޭރުގައި ތިބޭ މީހުން ވެސް ޚުތުބާއަށް ސަމާލުކަން ދިނުމެއް ނެތި، އެހެން ކަންކަމުގައި ތިބޭތަން ފެނެ އެވެ.