މާރާމާރީ

އެއްލައިދޫ ރިސޯޓުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލައިފި

އެއްލައިދޫ ރިސޯޓުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެއްލައިދޫ ރިސޯޓުގައި މާރާމާރީއެއް ހިނގާފައިވާ ކަމަށާއި އެކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިރޭ 9:50ގައި ކަމަށެވެ.

"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި އޭނާ މަރާލާފައިވަނީ ބޮޑު ކަތިވަޅިއެއް ބޭނުންކޮށްގެން މޭ މަތީގެ ހަތަރު ތަނަކަށް ހަމަލާ ދީގެންނެވެ. އެ ދެ މީހުންނަކީ ވެސް މަސްތުގެ ހާލަތުގައި ތިބި ސްރީލަންކާގެ ރައްޔިތުން ކަމަށް މައުލޫމާތު ލިބެއެވެ.

މިހާރު ފުލުހުންގެ ޓީމެއް އަންނަނީ އެއްލައިދޫ ރިސޯޓުގައި އެ ހާދިސާ ތަހުގީގުކުރުމުގެ މަސައްކަތް ކުރަމުންނެވެ.