ޕްރޮކިއޯ ޕްލަސް އިން ޑޫޑުލް ބްރޭންޑުގެ ސްޓޭޝަނަރީ ރާއްޖެއަށް ތައާރަފުކޮށް، ހާއްސަ ގިވް އަވޭއެއް ފަށައިފިއެވެ.
އިއްޔެ ފެށި މި ގިވް އަވޭ ހަރަކާތުގައި ހަތަރު ނަސީބުވެރިން ހޮވަން ހަމަޖެހިފައިވާ އިރު، ކޮންމެ ހަފުތާއަކު ދެ ނަސީބުވެރިން ހޮވާނެއެވެ. ގުރުއަތުން ހޮވޭ ފަރާތްތަކަށް ޑޫޑުލް ބްރޭންޑުގެ ޕެލޭނާއެއް ނޫނީ ނޯޓްފޮތެއް ނޫނީ ޑައިރީއެއް ލިބޭނެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ޕްރޮކިއޯ ޕްލަސްގެ ފޭސްބުކް ޕޭޖު ފޮލޯކުރަންޖެހޭނެއެވެ. އަދި ޕްރޮކިއޯ ޕްލަސްގެ ފިހާރައަށް ޒިޔާރަތްކޮށް ޑޫޑުލް ކަލެކްޝަންގެ ފޮތްތަކުގެ ތެރެއިން އެމީހަކަށް އެންމެ ކަމުދާ ފޮތެއްގެ ފޮޓޯ ނަގައި، ޕްރޮކިޔޮ ޕްލަސް ޓެގް ކުުރުމަށްފަހު #doodlecollectionmv #procureplusmv މި ދެ ހޭޝްޓެގް ބޭނުންކުރުމަށް ފަހު ސްޓޯރީއަށް ޕޯސްޓު ކުރަންޖެހެއެވެ.
އަބަދަށް ފެހި މަގުގައި ހުންނަ ޕްރޮކިއޯ ޕްލަސް އަކީ، އޮފީސްތަކަށް ބޭނުންވާ ހުރިހާ ސާމާނެއް އަދި އާޓް އެންޑް ކްރާފްޓިންއަށް ބޭނުންވާ ހުރިހާ ސާމާނެއްގެ އިތުރުން އެކި ކަހަލަ ޕްރިންޓަރާއި ކާޓްރިޖު ވެސް ލިބެން ހުންނަ ފިހާރައެކެވެ.