އިބްރާހިމް ޒަކީ
ތަޙްޤީޤުކުރުމުގެ ދާއިރާއާ ގުޅޭގޮތުން ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރިކަމަށް، އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
އެކްޓިން ސިޕީ މިހެން ވިދާޅުވީ، ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގައި މަސައްކަތްކުރައްވާ މުވައްޒަފުންނާ ބައްދަލު ކުރައްވައި، ފުލުހުންގެ ތަޙްޤީޤުކުރުމުގެ ދާއިރާއަކީ ފުލުހުންގެ މުއައްސަސާއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން ރައްޔިތުންނާ އެންމެ ގުޅުންހުރި، އަދި އެންމެ މުހިންމު އެއް ޚިދުމަތްކަން ފާހަގަކުރައްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.
ފުލުހުންގެ ތަހުގީހު ކުރުމުގެ ދާއިރާގައި ދަތިތަކެއް އެބަހުރިކަން ފާހަގަކުރައްވައި، ތަޙްޤީޤު ދާއިރާގެ މަސައްކަތްތައް ރަނގަޅުކުރެއްވުމަށް ރައްޔިތުންގެ ބައިވެރިވުމާއެކު މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށް ހަމީދު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި، ތަހުގީގީ ދާއިރާގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކުވެސް ޕްރޮފެޝަނަލްކަމާއެކު މަސައްކުރެއްވުމަށް އެކްޓިިންގ ސީޕީ ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންނާއި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ވެރިންނާއި އެކޮމާންޑްގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.