ޚަބަރު

ހުޅުމާލެ ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުން ފުރަތަމަ ހަފުތާގައި ސްކޫލަށް ހާޒިރުވާނީ ކުލަ ހެދުމުގައި!

މަރިޔަމް ޝަހުދާ

1

ހުޅުމާލެ ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުން ފުރަތަމަ ހަފުތާގައި ސްކޫލަށް ހާޒިރުވާނީ ކުލަ ހެދުމުގައި ކަމަށް އެ ސްކޫލްގެ ފަރާތުން ބެލެނިވެރިންނަށް އަންގައިފި އެވެ.

ބްރައިޓްވޭއިން މިހެން ބެލެނިވެރިންނަށް އަންގާފައިވަނީ އެ ސްކޫލްގެ ޔުނިފޯމް ރާއްޖެއަށް ގެނައުން ލަސްވުމާ ގުޅިގެންނެވެ. އެގޮތުން ޖެނުއަރީ 13ގައި ދިރާސީ އާއަހަރުގެ ކިޔެވުން ފަށާ ދުވަހުން ފެށިގެން ސްކޫލް ޔުނިފޯމްތައް ލިބެންދެން ދަރިވަރުން ސްމާޓް ކެޝުއަލްގައި ސްކޫލަށް ފޮނުވުމަށް އެ ސްކޫލް އިން ވަނީ ބެލެނިވެރިންނަށް އަންގައިފައެވެ.

ދަރިވަރުންގެ ޔުނިފޯމް ލިބުން ލަސްވެފައިވަނީ އެއާލައިން އިން ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް އެ ސްކޫލްގެ ފޭސްބުކް ޕޭޖުގައި އެ ސްކޫލުން ވަނީ ބުނެފައެވެ.

ދަރިވަރުންގެ ޔުނިފޯމުތައް ލިބޭނެ ވަކި ތާރީހެއް ހާމަކޮށްފައިނުވި ނަމަވެސް، ދަރިވަރުން ކުލަ ހެދުމުގައި ހާޒިރުވާން ޖެހޭނީ ފުރަތަމަ ހަފުތާގައި އެކަނި ކަމަށް އެ ސްކޫލުން ވަނީ ބުނެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟