ޚަބަރު

ދިރާގު ޓީވީއަށް އައިސް ޓީވީ ޗެނަލް ތާރަފުކޮށްފި

މުހައްމަދު އައުޒަމް

ދިރާގު ޓީވީއަށް އައިސް ޓީވީ ޗެނަލް ތާރަފުކޮށްފިއެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތް ކަމަށްވާ ދިރާގު ޓީވީއަށް، މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަށް ގެނެސްދޭ ދިވެހިންގެ މެދުގައި މަޝްހޫރު އައިސް ޓީވީ ޗެނަލް ތާރަފުކޮށްފައިވާއިރު މިއީ ރާއްޖޭގައި މުނިފޫހި ފިލުވުމުގެ ޕްރޮގްރާމްތަށް އެޗްޑީކޮށް ގެނެސްދޭ ޗެނަލެކެވެ.

ކުޑަދުވަސްކޮޅެއްގެތެރޭގައި ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ އައިސް ޓީވީން ގެނެސްދޭ ޕްރޮގުރާމު ތަކުގެ ތެރޭގައި ކުޑަކުދިންނަށް ހާއްސަ ޕްރޮގްރާމްތަކާއި އިނގިރޭސި ޕްރިމިއަރ ލީގުގެ ބައެއް މެޗްތަކުގެ އިތުރުން މަޝްހޫރު ފިލްމީތަރި އައްޒަ ހުށަހަޅައިދޭ ޓޯކްޝޯވް "އަޒޯނާ" ހިމެނެއެވެ.

މާލެ އާއި އަތޮޅުތެރޭގައި ދިރާގު ޓީވީގެ ހިދުމަތް އެއްވެސް ތަފާތުކަމެއްނެތި ފޯރުކޮށްދެމުންދާއިރު ދިރާގު ޓީވީގެ އިންޓްރޯޑަކްޓްރީގައި 80 އަށް ވުރެން ގިނަ ޗެނަލް އެޗްޑީކޮށް ބަލާލެވެއެވެ.

ޖޯއި ބޮކްސްގެ ޒަރީއާ އިން، ގޭގައި ދިރާގު ޓީވީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަރނެޓް އެލަވަންސްގެ އަސަރެއް ނުކުރާނެއެވެ.

ދިރާގު ޓީވީގައި ދިވެހި ހުރިހާ ޗެނަލްތަކެއްގެ އިތުރުން ބޭރުގެ މަޝްހޫރު ގިނަ ޗެނަލްތަކެއް ހިމެނެ އެވެ. ހަބަރާއި މުނިފޫހިފިލުވުމުގެ ޗެނަލްތަކުން ފެށިގެން އެންމެ ފަހުގެ ހިންދީ އަދި އިނގިރެސި ފިލްމާއި މިއުޒިކް ޗެނެލްތަކުގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ޗެނަލްތައް ދިރާގު ޓީވީގައި ހިމެނެއެވެ. މިޗެނަލްތަކުގެ ތެރޭގައި އޭއެކްސްއެން، ކަލަރސް، ސޮނީ، ޓެން ސްޕޯޓްސް އަދި ޑިޒްނީގެ ޗެނަލްތައް ހިމެނެއެވެ. އަދި މީގެއިތުރުން 4ކޭ ކޮލިޓީގެ ޗެނަލްތައްވެސް ދިރާގު ޓީވީގައި ހިމެނެއެވެ.

ދިރާގުގެ އިންޓްރޯޑަކްޓަރީ އޮފަރ އަގަކީ ޖީ.އެސް.ޓީ ނުލާ 300 ރުފިޔާއެވެ. އަދި ކޮންމެ ކަނެކްޝަނަކާއި އެކު ހިލޭ ޖޯއިބޮސް ލިބިގެނެދާނެއެވެ.

ދިރާގު ޓީވީއަށް ދޮޅު އަހަރު ވެފައިވާއިރު ނުހަނު ގިނަ ކުރިއެރުންތަކެއް ލިބިފައިވެއެވެ. އެގޮތުން ހާއްސަ އެޕެއް ތާރަފް ކުރުމުގެ އިތުރުން ދިރާގު ޓީވީގެ ހިދުމަތް މިހާރު މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން ރާްޖޭގެ 50 ރަށަކަށް ހިދުމަތް ލިބެމުންދާނެއެވެ.