ޚަބަރު

މާރުކޭޓުގައި ބޮޑު ކަންނެލި ކިލޯއެއް 65 ރުފިޔާއަށް!

އަހުމަދު ޖައިޝަން

1

ފާއިތުވި ހަފްތާގައި މާލޭ މާރުކޭޓުގައި ބޮޑު ކަންނެލީގެ އަގު އެވަރެޖުކޮށް ހުރީ 65 ރުފިޔާގައި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ފާއިތުވި ހަފްތާގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކަނޑުމަހުގެ އަގުތައް ހާމަކޮށްފައިވާ ތަފާސް ހިސާބުން ދައްކާގޮތުގައި އެންމެ އަގުބޮޑުކޮށް ވިއްކަނީ ރަތްމަސް ކަމަށެވެ. އެގޮތުން ރަތްމަސް ކިލޯއެއްގެ އަގު ހުރީ 333.17 ރުފިޔާގައެވެ.

ގިދާ ކިލޯއެއްގެ އަގު 40 ރުފިޔާގައި ހުރިއިރު ކަނޑުމަސް ކިލޯއެއްގެ އަގުހުރީ 33.33 ރުފިޔާގައެވެ. އޭގެ އިތުރުން ކަންނެލި ކިލޯއެއްގެ އަގު ހުރީ 41 ރުފިޔާގައެވެ. އިތުރު އަގުތައް:

ލައްޓި - 25.83 ރުފިޔާ

ރާގޮނޑި - 20.50 ރުފިޔާ

މާނިޔަމަސް - 40 ރުފިޔާ

މުށިމަސް - 55 ރުފިޔާ

ރިތްމަސް - 29.17 ރުފިޔާ

ވަޅޯމަސް - 90 ރުފިޔާ

ލޮނުމަސް - 103.33 ރުފިޔާ

ހިކިމަސް - 90.8 ރުފިޔާ

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟