ރާއްޖޭގައި ހުންނަވާ ސްވިޑަންގެ އޮނަރަރީ ކޮންސުލްގެ މަގާމަށް މަޝްހޫރު ޓީވީ ޕްރެޒެންޓަރު މަރިޔަމް ވަހީދާ އައްޔަންކޮށްފި އެވެ.
މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ވަނީ މިމަގާމުގެ ފަތްކޮޅު މިއަދު މަރިޔަމް ވަހީދާ އާއި ހަވާލުކޮށްދެއްވާފަ އެވެ. މީގެ އިތުރުން މިނިސްޓަރ ޝާހިދު ވަނީ މަރިޔަމް ވަހީދާއާ އެމަގާމުގެ ޒިންމާގެ އިތުރުން، ރާއްޖެއާއި ސްވިޑަންގެ މިހާރުއޮތް ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތަކާ މެދު މަޝްވަރާ ކުރައްވައިފައެވެ.
މަރިޔަމް ވަހީދާ ވަނީ މިހަފްތާ ތެރޭ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ބޯޑުގެ މެމްބަރެއްގެ ގޮތުުގައި ވެސް އައްޔަން ކުރައްވާފައެވެ.