ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަނބުރާ ޖަލަށް ގެންގޮސްފައިވަނީ ގައިދީ އާއި ގައިދީއާ ހަވާލުވާ ފަރާތްތުގެ އިގުރާރާ ހިލާފަށް އަމަލުރުމުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
ކަރެކްޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގޭބަންދަށް ބަދަލުކުރެވޭ ގައިދީންނާ ހަވާލުވާ ފަރާތުން ވަކިކަންކަމަށް އެއްބަސްވެ އިގުރާރެއްގައި ސޮއިކުރުވާ ކަމަށެވެ.
އަދި އެ އިގުރާރާ ހިލާފުވުމުގެ ސަބަބުން އަދީބު ޖަލަށް ބަދަލުކުރިއިރު އަދީބު ޖަލަށް ބަދަލުކޮށްފައިވަނީ ހުކުމް ތަންފީޒުކުރަމުންދާ މީހުން އަމަލުކުރަން ޖެހޭ މެޑިކަލް ގަވާއިދަށް ރިއާޔަތްކުރުމަށްފަހުގައި ކަމަށްވެސް ކަރެކްޝަންސްގެ ބަޔާނުގައި ވެއެވެ.
ކަރެކްޝަނުން ބުނީ އަދީބު ޖަލަށް ބަދަލުކޮށްފައިވަނީ ގޭގައި ހުރި މުއްދަތުގައި އެމަނިކުފާނު ޖަލުގައި ބަހައްޓައިގެން ފަރުވާ ނުދެވޭފަދަ ސިއްހީ އިތުރު މައްސަލައެއް ފާހަގަކުރެވިފައި ނުވުމުން ކަމަށެވެ.