ޚަބަރު

އިލެކްޝަންސްގެ ރަސްމީ ކުލައަކީ ދަނބު، ވޯކިން އަށް ޓާކިޝް

އަހުމަދު ޖައިޝަން

1

އިލެކްޝަންސް ކޮމިޝަނުން ރަސްމީ ކަންކަމުގައި ބޭނުންކުރާ ކުލައަކީ ދަނބުކުލަ ކަމަށާއި ވޯކިން ކިޓުގައި ބޭނުންކުރާނެ ކުލައަކީ ޓާކިޝް ކުލަ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ކަންކަމުގައި ބޭނުންކުރާ އެއްވެސް ކުލައަކީ ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ބޭނުންކުރުން މަނާ ކުލަތަކެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ އެ ކޮމިޝަންގެ ޕްރައިމެރީ ކުލަައަކީ ދަނބުކުލަ ކަމަށާއި ސެކަންޑްރީ ކުލައަކީ ދަނބާއި އަޅިކުލަ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އެބަވޭ ކޮމިޝަނުގެ ރަސްމީ ކުލައެއް އެއްވެސް ސިޔާސީ ޕާޓީއަކަށް ބޭނުން ނުކުރެވޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ އެ ކޮމިޝަނުން މަސައްކަތްކުރަމުން ދަނީ ކޮމިޝަންގެ ލޯގޯ ފަރުމާކުރުމާއި ވޯކިން ކިޓު ޑިޒައިން ކުރުން ކަމަށެވެ.

އެހެންކަމުން އަލަށް އުފައްދާ ސިޔާސީ ޕާޓީތަކާއި މިހާރު އުފައްދާފައިވާ ސިޔާސީ ޕާޓީތަކުން ދަނބުކުލައާއި ޓާކިޝް ކުލަ ބޭނުން ނުކުރުމަށް ޝަރީފު ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟