ޚަބަރު

ސިވިލް ސަރވިސްގެ ވަޒީފާތަކަށް އިޢުލާނުކުރުން މަޑުޖައްސާލަން އަންގައިފި

މުހައްމަދު އައުޒަމް

ސިވިލް ސަރވިސްގެ ވަޒީފާތަކަށް އިޢުލާނުކުރުން މަޑުޖައްސާލަން އަންގައި އެކޮމިޝަނުން ސަރކިއުލަރ އެއް ނެރެފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ނެރުއްވި ސަރކިއުލާގައި ވަނީ މި ހިނގާ ނޮވެމްބަރ 17 އިން ފެށިގެން ދިވެހި ސަރުކާރު ހިންގުމުގެ ނިޒާމަށް އަތުވެދާނެ ބަދަލުތަކާ ގުޅިގެން، ސިވިލްސަރވިސް ގެ އިދާރާ ތަކާއި އެ އިދާރާތަކުގެ މެންޑޭޓަށް އަތުވެދާނޭ ބަދަލުތަކަށް ތައްޔާރުވުމުގެ ގޮތުން، 1 އޮކްޓޯބަރު ވާ ހޯމަދުވަހުން ފެށިގެން ސިވިލް ސަރވިސް ގެ ވަޒީފާތަކުގެ ތެރެއިން ފަންނީ މަގާމުތައް ފިޔަވައި، އެހެން ވަޒީފާތަކަށް އިޢުލާންކުރުން ވަގުތީގޮތުން ހުއްޓައިލުމަށް ކޮމިޝަނުން އަންގާކަމަށެވެ.

ނަމަވެސް ސިވިލް ސަރވިސްގެ އިދާރާތަކުން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތައް މެދުނުކެނޑި ކުރިޔަށްގެންދިއުމަށް ކޮންމެހެން ބޭނުންވާ މަގާމުތަކަށް އިޢުލާންކުރުން ކޮމިޝަނުގެ ހުއްދައާ އެކު ކުރިއަށް ގެންދެވިދާނެ ކަމަށް ވެސް ސިވިލް ސަރވިސް ކޮމިޝަނުން ނެރުއްވި ސަރކިއުލަރގައި ވެއެވެ.