އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ނަވާޒް، އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ބަދަލުކޮށްފިއެވެ.
އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ނަމަވެސް، އޭނާއަށް ދާއިމީކޮށް ޕޮލިސް ކޮމިޝަނަރުގެ މަގާމު ދީފައިނުވުމުން އޭނާ އެންމެ ފަހުން ފުލުހުންގެ އިދާރާގައި ހުންނެވި ރަސްމީ މަގާމަކީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ނަވާޒް ބަދަލުކުރުމަށްފަހު، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ހަމްދޫން ރަޝީދެވެ.