މުހައްމަދު އައުޒަމް
އަދާލަތު ޕާޓީން މަޖިލިސް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.
އަދާލަތު ޕާޓީ އިން ނެރުނު އިއުލާނުގައި މިމަހުގެ 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޓިކެޓަށް އެދޭ ފޯމާއި ގާނޫނީ ފޯމުގެ އިތުރުން ތާއީދުއޮތް މިންވަރު އަންގައިދޭ ފޯމު ފުރުމަށްފަހު ހުށަހެޅުމަށް ވަނީ އެދިފައެވެ.
އެ ޕާޓީ އިން މިފަހަރުގެ އިންތިހާބުގައި 13 ދާއިރާއަކަށް ކުރިމަތިލުމަށް ވަނީ ހުށަހަޅާފައެވެ.
އިންތިޚާބީ ދާއިރާތައް:
- ކެލާ ދާއިރާ
- ވައިކަރަދޫ ދާއިރާ
- ހަނިމާދޫ ދާއިރާ
- މަކުނުދޫ ދާއިރާ
- އިނގުރައިދޫ ދާއިރާ
- ކާށިދޫ ދާއިރާ
- މަހިބަދޫ ދާއިރާ
- މުލަކު ދާއިރާ
- ނިލަންދޫ ދާއިރާ
- ގަމު ދާއިރާ
- ފުވައްމުލަކު ދެކުނު ދާއިރާ
- ފޭދޫ ދާއިރާ
- މާފަންނު ދެކުނު ދާއިރާ
މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީގެ ފަރާތުން ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމަށް ބޭނުންވާ ފޯމުތައް އެޕާޓީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.