މާލޭ ސިޓީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ މިރޭގެ ވަގުތެއްގައެވެ.
މާލޭގެ މައްޗަންގޮޅި އަދި ހެންވޭރުގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑުނު ނަމަވެސް، މާގިނައިރުތަކެއް ނުވަނީސް އެ ސަރަހައްދުތަކަށް ސްޓެލްކޯއިން ވަނީ އަލުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފައވެެ.
މިދިޔަ މަހުގެ ތެރޭގައި ވެސް މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވެއެވެ. މިދިޔަ މަހު ދެ ފަހަރަކު ޓްރާންސްފޯމަރެއް ނިވިގެން ކަރަންޓު ކެނޑުނު ނަމަވެސް، އެ ދެ ފަހަރު ވެސް މާގިނައިރުތަކެއް ނުވަނީސް ވަނީ ކަރަންޓު ފޯރުކޮށްދީފައެވެ.