ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ކެފޭތަކުން ގޮނޑި ޖަހާ މައްސަލައިގައި ދެފަރާތަށް ވެސް ގޮނޑުދޮށްތައް ބޭނުން ކުރެވޭނެހެން ރެގިއުލޭޓް ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވެފައިވަނީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ. ހުޅުމާލެ ބީޗު ސަރަހަައްދުގައި ހުއްދަ ނެތި ކެފޭތަކުން ގޮނޑި ޖަހައިގެން ބޭނުން ކުރާ މައްސަލައަށް ވާނީ ޓެކްސީގެ އަގަށް ވީގޮތަށް ކަމަށްބުނެ މީހާކު ކޮށްފައިވާ ޓުވީޓަކަށް ރައްދު ދެއްވަމުން ފައްޔާޒް ވަނީ އެއްވެސް ކަހަލަ ދަތި ކަމެއް ނުވަތަ އުނދަގުލަކާ ނުލާ ހުޅުމާލެ ބީޗް ސަރަހައްދު ބޭނުން ކުރާ ފަރާތްތަކަށް ހުޅުމާލެ ބީޗް ސަރަހައްދު ބޭނުންކުރެވޭނެ ގޮތް ހަދާނެ ކަމަށް ވިދާޅުވެފައެވެ.
މިމަހުގެ 31ގެ ކުރިން ވިޔަފާރި ބޭނުމަށް ހުޅުމާލޭ ބީޗް ސަރަހައްދު ބޭނުންކުރަމުންދާ ފަރާތްތަކުން އެ ސަރަހައްދު ހުސްކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ މިދިޔަ މަހުގެ ތެރޭގައި އަންގައިފައެވެ.