އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ފަރާތުން ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ސީވީޑް އަހުމަދު ލަތީފް، ސިވިލް ސާވިސް ކޮމިޝަނުން އައްޔަންކޮށްފިއެވެ.
ސިވިލް ސާވިސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި ޓްރާންސިޝަންގެ ޑީޖީގެ މަގާމަށް ލަތީފް ހަމަޖެއްސި ކަމުގެ ލިޔުން، އޭނާއާ ހަވާލުކޮށްދެއްވީ އެ ކޮމިޝަންގެ ރައީސް އަލީ ޝަމީމެވެ.
ޓްރާންސިޝަންގެ ޑީޖީއަކަށް ލަތީފު ނަން ފޮނުވިކަން އިއްޔެ އިބޫގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ވަނީ އިއުލާންކޮށްފައެވެ. އެކަން އިއުލާން ކުރެއްވުމަށްފަހު ގާނޫނޫގައިވާ ގޮތަށް ކަންކަން ފަހިކޮށްދީ، ވީހާވެސް އަވަހަކަށް މަގާމަށް އައްޔަންކޮށްދިނުމަށް ސިވިލް ސާވިސް ކޮމިޝަނަށް މާރިޔާ ވަނީ ގޮވާލައިފައެވެ.
ވެރިކަން ބަދަލުވުން ނުވަތަ ޓްރާންސިޝަންގެ މަރުހަލާގައި އިންތިހާބީ ރައީސްގެ ފަރާތްޕުޅުން ސިޔާސީގޮތުން އެންމ އިސްކޮށް ހަރަކާތްތެރިވާނެ ބޭފުޅެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދެވެ.