އިބްރާހިމް ޒަކީ
އެމެރިކާގެ އެހީތެރިކަމާއެކު، ދިވެހި އަސްކަރިއްޔާ އިތުރަށް ތަރައްގީ ކުރުމަށް ކުރެވިދާނެ ކަންތައްތަކާބެހޭގޮތުން، އެމެރިކާ ސަފީރު އެލެއިނާ ޓެޕްލިޓްސް އާއި އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯރ އޭޝިއަން އެންޑް ޕެސިފިކް ސެކިއުރޓީ އެފެއާރޒް ރަންޑަލް ޝްރައިވަރ، އާއެކު ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް މަޝަވަރާ ކުރައްވައިފި އެވެ.
މިއަދު ހެނދުނު ބަންޑާރަ ކޮށީގައި މިކަމަށްތަކައި ބޭއްވެވި ބައްދަލުކުރެއްވެވުމުގައި ދިފާޢީ އަދި ސަލާމަތީ ދާއިރާއިން ގުޅުން ހަރުދަނާކުރުމާއި ދެޤައުމުގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށްގެންދެވޭނެ މަޝްރޫއުތަކާ ބޭހޭގޮތުން މަޝްވަރާކުރެއްވި އެވެ.
އަަދި ދިވެހި ސިފައިން އެމެރިކާއިން ތަމްރީންކުރުމާއި އަދިި ދިވެހި އަސްކަރިއްޔާ ތަރައްޤީކުރުމަށް ގުޅުން ހުރި ދާއިރާތަކުން އިތުރު އެހީތެރިކަން ހޯއްދެވުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައެްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދާއި ބްރިގޭޑިއަރ ޖެނެރަލް ހާމިދު ޝަފީޤުގެ އިތުރުން އެމެރިކާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޓާރޗޭ ލެޕްޓިނަންޓް ކާނަލް ޑޮގްލަސް ހެސް ބައިވެރިވެވަޑައިގެންނެވިއެވެ.