ޚަބަރު

ކޮމިއުނިކޭޝަން މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ޝަރީފް ހަމަޖައްސައިފި

އަހުމަދު ޖައިޝަން

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮކޮޖީ ގެ ޕާރމަނަންޓް ސެކްރެޓަރީ (ޕީއެސް) އަށް ބޭފުޅަކު ހަމަޖައްސައިފި އެވެ.

އެ މިނިސްޓްރީގެ ޕީއެސްގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ ހ.ޔެލޯރޯޒް، މުޙައްމަދު ޝަރީފްއެވެ.

ޝަރީފަކީ ނެޝަނަލް ސެންޓަރ ފޯ އިންފޮމޭޝަންސް ޓެކްނޮލޮޖީ (އެންސީއައިޓީ)ގައި ނުވަ އަހަރު މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭގެ އިތުރުން އޭނާއަކީ ސައިރިކްސް ކޮލެޖުގެ ރެކްޓަގެ ގޮތުގައި މަސައްކަތްވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާއަކީ އިލެކްޓްރޯނިކް އެންޑް އިލެކްޓްރިކަލް އިންޖީނިއަރިން ވިތު މެނޭޖްމެންޓުގެ ދާއިރާއިން މާސްޓާސް ހަދާފައިވާ ބޭފުޅެކެވެ.