އެކި ފަރާތްތަކުން އާންމުކުރަމުންދާ ކުޑަކުދިންނާ ގުޅުންހުރި ތަފާސްހިސާބުތަކުގެ އެހީގައި މުޖުތަމައު އަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ކަމަށް ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.
“ޗިލްޑްރަން އިން މޯލްޑިވްސް”ޑިސެމިނޭޝަން ސެޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ އެފަދަ ތަފާސްހިސާބުތައް މެދުވެރިކޮށް ލަފާކުރާ އާބާދީ ދެނެގަތުމަށް އެހީތެރިވެ ދޭ ކަމަށެވެ.
އެ މައުލޫމާތުގެ އެހީގައި ކުޑަކުދިންނާ ގުޅުން ހުރި ގައުމީ ޕްލޭން އެކަށައެޅުމަށާއި، ކުޑަކުދިންނަށް ބޭނުންވާ ހިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް މަގު ތަނަވަސްވެގެން ދާނެ ކަމަށް މިނިސްޓަރު ޝިދާތާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މުޖުތަމައުގެ ތެރޭގައި ކުޑަކުދިންނަށް ކުރިމަތިވާ އެކި ކަހަލަ ގޮންޖެހުންތަކުގެ މިންވަރު ވެސް ތަފާސްހިސާބުތަކުން ދެނެގަނެވޭ ކަމަށެވެ.