ޚަބަރު

ނޮވެލްޓީ އަލީ ހުސައިން އަވަހާރަވެއްޖެ

އަހުމަދު ޖައިޝަން

ދިވެހި ރާއްޖޭގެ ޗާޕުކުރުމުގެ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ނޮވެލްޓީ އަލީ ހުސައިން އަވަހާރަވެއްޖެ އެވެ.

އަލީ ހުސައިން އަވަހާރަވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއަދު ހެނދުނު މޯނިންގ ވޯކް ނިންމަވާފަ، ވަޑައިގަންނަވަނިކޮށް މެއައް ތަދެއް އަރައިގެން އަމިއްލައަށް ހިންގަވައިފަ އަލީ ހުސެއިިން އޭޑީކޭ އަށް ވަޑައިގެންނެވިއެވެ.

ދައުލަތަށް ގިނަ ޚިދުމަތްތަކެއްވެސް ކޮށްދެއްވާފައިވާ އަލީ ހުސައިން، ޗާޕުކުރުމުގެ ދާއިރާއަށް ވެންނެވީ މީގެ 50 ވަރަކަށް އަހަރު ކުރިންނެވެ.

ދިވެހި ރާއްޖޭގެ ތާރީޚަށްވެސް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަލީ ހުސައިން ވަނީ އޭނާގެ އަމިއްލަފުޅު ޚަރަދުގައި ތާރީޚީ ގިނަ ފޮތްތަކެއް ޗާޕުކުރައްވައިފައެވެ.

އޭނާ ސަރުކާރުގައި މަސައްކަތްކުރައްވާފައިވަނީ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައެވެ. ރައީސް ނާސިރުގެ އޮފީހުގައިވެސް އޭނާ ވަނީ މަސައްކަތްކުރައްވައި ފައެވެ.

އަލީ ހުސައިން އަކީ އާންމުކޮށް މީހުންނާ ބައްދަލުކޮށް އުޅޭ ބޭފުޅެއް ނޫން ނަމަވެސް އޭނާއަކީ މީހުންނަށް ވަރަށް ހެޔޮ ބޭފުޅެއް ކަމަށް ބުނެއެވެ.