މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސެސް އެންޑް އެގްރިކަލްޗާގެ ޕާމަނެންޓް ސެކްރެޓަރީގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފި އެވެ.
ފިޝަރީޒް މިނސިްޓްރީން ބުނީ އެ މަގާމަށް އިއްޔެ ހަމަޖައްސާފައިވަނީ ޑރ. އައިމިނަތު ޝާފިއާ ކަމަށެވެ.
މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީގެ މަގާމަށް ޝާފިއާ ހަމަޖެއްސިއިރު އޭނާ މީގެކުރީން ހުންނެވީ އެ މިނިސްޓްރީގެ އެގްރިކަލްޗާ ޑިވިޝަންގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައެވެ.
ޝާފިއާ އަކީ ފިޝަރީޒް މިނިސްޓްރީ އާއި ދަނޑުވެރިކަމުގެ ދާއިރާއަށްއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެކެވެ. އެގޮތުން 1986 އަހަރުން ފެށިގެން ފިޝަރީޒް މިނިސްޓްރީގައި ޝާފިއާ މަސައްކަތް ކުރައްވާފައިވާއިރު، ސްމާޓް ދަނޑުވެރިކަމާއި ފުޑް ސެކިއުރިޓީ ވަރުގަދަކުރުމަށް އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.