ޚަބަރު

ގަމުން ހާލުބޮޑު ދުވަސްވީ މީހަކު ހެލިކޮޕްޓަރުގައި މާލެ ގެނެސްފި

ލ.ގަމުން ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފިއެވެ.

ރޭ މާލެ ގެނެސްދީފައިވަނީ އުމުރުން 86 އަހަރުގެ ފިރިހެނެކެވެ.

އެމްއެންޑީއެފުން ބުނީ، ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މި މީހާ މާލެ ގެނެސްދީފައިވަނީ ޞިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިޔުމަށް ލ.ގަމު ރީޖަނަލް ހޮސްޕިޓަލުން މި މީހާ ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވުމާ ގުޅިގެން ކަމަށެވެ.

ލ.ގަމުން ގެނައި ބަލިމީހާއާ އެކު އެމްއެންޑީއެފް ހެލިކޮޕްޓަރު ޖެއްސީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.

މި މީހާ ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.