ރައީސް ޔާމީން

އޭސީސީއާ ހަވާލުކުރީ އެމްއައިބީގެ އެކައުންޓުގައި ހުރި ފައިސާ ނޫން ކަމަށް ޔާމީން އިއުތިރާފުވެވަޑައިގެންފި

1

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ހަވާލުކުރީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުރި ފައިސާ ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިއުތިރާފުވެވަޑައިގެންފިއެވެ.

ރައީސް ޔާމީން އެކަމަށް އިއުތިރާފުވެވަޑައިގެންފައިވަނީ ފުލުސް އޮފީހުން ނުކުމެވަޑައިގެންނެވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އެސްކްރޯ އެކައުންޓެއްގައި އެމަނިކުފާނާއި އޭސީސީގެ ބެލުމުގެ ދަށުގައި ހުރި ފައިސާއަކީ އިސްލާމިކް ބޭންކް އެކައުންޓުގައިވާ އެއް މިލިއަން ޑޮލަރެއް ނޫން ކަމަށެވެ.

"އެސްއޯއެފް އެކައުންޓުން ޖަމާކުރި އެއް މިލިއަން ޑޮލަރު މިހާރު އެސްކްރޯ އެކައުންޓެއްގައި އޭސީސީއާއި އަޅުގަނޑާ، ދެބައި މީހުންގެ ބެލުމުގެ ދަށުގައި ހުރި އެކައުންޓެއްގައި އެއް މިލިއަން ޑޮލަރުގެ އަދަދުގެ ފައިސާ ހުންނާނެ ބަހައްޓާފައި. އެއީ އިސްލާމިކް ބޭންކް އެކައުންޓުގައިވާ އެއް މިލިއަން ޑޮލަރެއް ނޫން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެ ފައިސާގައި ތުހުމަތުތަކެއް އުޅޭކަން އެނގުނު ހިސާބުން އެ ފައިސާ ބަހައްޓާފައި ހުންނާނީ އިސްލާމިކް ބޭންކުގެ އެހެން އެކައުންޓެއްގައި ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟