ރައީސް ޔާމީން

ފަސް ގަޑިއިރަށް ފަހު ރައީސް ޔާމީން ފުލުސް އޮފީހުން ނުކުމެވަޑައިގެންފި

1

ފަސް ގަޑިއިރަށް ފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ފުލުސް އޮފީހުން ނުކުމެވަޑައިގެންފިއެވެ.

މިއީ މި ހަފުތާތެރޭ ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރި ދެވަނަ ފަހަރެވެ. އަދި މިއީ ރިޔާސީ އިންތިހާބަށްފަހު ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރި ތިންވަނަ ފަހަރެވެ.

ޔާމީން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައި ވަނީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުންގެ ފަރާތުން މީގެ ކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޔާމީން ވެރިކަމުގައި ހުންނެވި ދުވަސްވަރު ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް އެމަނިކުފާނު ހިންގެވި ކަމަށް ތުހުމަތު ކުރެވިގެން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހުށަހަޅާފައިވާ މައްސަލަ ތަކެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރައީސް ޔާމީން ވަނީ މިދިޔަ އާދިއްތަ ދުވަހު ވެސް، އެމަނިކުފާނުގެ އިސްލާމިކް ބޭންކްގެ އެކައުންޓަށް ވަދެފައިވާ އެއް މިލިއަން ޑޮލަރުުގެ މައްސަލައަކާ ގުޅޭގޮތުން ސުވާލުކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟