ޚަބަރު

ކުޅުދުއްފުށި ކެޔޮ ގަސްތަކެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

ހދ. ކުޅުދުއްފުށި، ޖަލާލުއްދީން ސްކޫލުގެ އިރުމަތީފަރާތުގައި ހައްދާފައި ހުރި ކެޔޮ ގަސްތަކެއްގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ނޮދަން އޭރިއާ، ހދ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.

އެ ހާދިސާގެ ރިޕޯޓް، އެމްއެންޑީއެފް ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ މިއަދު ހަވީރު 4:22 ހާއިރު ކަމަށާއި ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ސިފައިން އެ ސަރަހައްދަށް ގޮސް، ރޯވެފައިވާ އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވި ކަމުގެ މައުލޫމާތު ލިބިފައެއް ނުވާ ކަމަށާއި ނަމަވެސް އެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ހައްދާފައި ހުރި ކެޔޮގަސްތަކަށް އަލިފާނުގެ އަސަރުކޮށް، އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ހާމަކޮށްފައެއް ނުވެއެވެ.