ޚަބަރު

އަދީބުގެ ކުރީގެ ދެ ބޮޑީގާޑުން ގޭ ބަންދަށް ބަދަލުކޮށްފި

ރައީސް އަބްދުﷲ ޔާމީން ދަތުރު ކުރެއްވި، ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލާގައި ޖަލަށް ލާފައިވާ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ ދެ ބޮޑީގާޑުން ގޭ ބަންދަށް މިއަދު ބަދަލުކޮށްފިއެވެ.

އެ ދެ ބޮޑީގާޑުންނަކީ، ސްޓާފް ސާޖެންޓް ހަސަން ރިކާޒާއި ކޯޕްރަލް އަހުމަދު އާމިރު އެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ މި ދެމީހުން ދިހަ އަހަރުގެ މުއްދަތަށް ޖަލަށް ލާފައި ވަނީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ރިކާޒާއި އާމިރު ގޭބަންދަށް ބަދަލުކޮށްފައި ވަނީ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.