ޚަބަރު

ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކޮށްފި

މިހަފްތާތެރޭ ދެވަނަ ފަހަރަށް ކުރީގެ ރައީސް ޔާމިން އަބްދުލް ގައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް މައުލޫމާތުދިން ގޮތުގައި ޔާމީން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައި ވަނީ ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެންނެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިކު ކޮށްފައި މިވަނީ ތިންވަނަ ފަހަރަށެވެ.

ފުލުހުންގެ ފަރާތުން މީގެ ކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޔާމީން ވެރިކަމުގައި ހުންނެވި ދުވަސްވަރު ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް އެމަނިކުފާނު ހިންގެވި ކަމަށް ތުހުމަތު ކުރެވިގެން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހުށަހަޅާފައިވާ މައްސަލަ ތަކެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރައީސް ޔާމީން ވަނީ މިދިޔަ އާދިއްތަ ދުވަހު ވެސް، އެމަނިކުފާނުގެ އިސްލާމިކް ބޭންކްގެ އެކައުންޓަށް ވަދެފައިވާ އެއް މިލިއަން ޑޮލަރުުގެ މައްސަލައަކާ ގުޅޭގޮތުން ސުވާލުކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ.