މިނިސްޓާ އޮފް ހޯމް އެފެއާޒް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މެލޭޝިއާގެ އަމާނާ ޕާޓީގެ ލީޑަރު މުހައްމަދު ސަބޫ އާއި ބައްދަލު ކުރައްވައިފި އެވެ.
މިނިސްޓަރ އިމްރާން އަމާނާ ޕާޓީގެ ލީޑަރާއި ބައްދަލު ކުރައްވާފައިވަނީ އަދާލަތު ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުންނެވެ. މި ބައްދަލުވުމުގައި އިމްރާން ވަނީ އަދާލަތު ޕާޓީ އާއި އަމާނާ ޕާޓީގެ ގުޅުން އިތުރަށް ވަރުގަދަކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.