ޚަބަރު

ޔޫއެސް، އެސިސްޓަންޓް ސެކްރެޓަރީ އޮފް ޑިފެންސް ރާއްޖެ ވަޑައިގެންފި

އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯރ އޭޝިއަން އެންޑް ޕެސިފިކް ސެކިއުރޓީ އެފެއާރޒް ހިޒް އެކްސެލެންސީ ރަންޑަލް ޝްރައިވަރ، ރަސްމިީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ހިޒް އެކްސެލެންސީ ރަންޑަލް ޝްރައިވަރ، މިއަދު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާއި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންނެވެ.

އެމްއެންޑީއެފުން ބުނީ މިމަހު 8 ން 9 އަށް ހިޒް އެކްސެލެންސީ ރަންޑަލް ޝްރައިވަރ، ރާއްޖެއަށް މި ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯރ އޭޝިއަން އެންޑް ޕެސިފިކް ސެކިއުރޓީ އެފެއާރޒްގެ މަޤާާމަށް ހިޒް އެކްސެލެންސީ ރަންޑަލް ޝްރައިވަރ އައްޔަންކުރައްވާފައިވަނީ 2018 ޖަނަވަރީ 08 ވަނަ ދުވަހުއެވެ.

މި މަޤާމަށް އައްޔަންކުރެއްވުމުގެ ކުރިން އެމަނިކުފާނު ހުންނެވީ ޑެޕިއުުޓީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ އީސްޓް އޭޝިއަން އެންޑް ޕެސިފިކް އެފެއަރޒްގެ މަޤާމުގައެވެ.