ޚަބަރު

ނިއުޒިލެންޑް އެމްބަސީގެ ސެކްރެޓަރީއާ ރައީސް ނަޝީދު ބައްދަލު ކުރައްވައިފި

މަރިޔަމް ޝަހުދާ

ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅާފައިހުންނަވާ ނިއުޒިލެންޑް އެމްބަސީގެ ސެކްރެޓަރީ ޓެސާ ސިންކްލެޔާ އާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައިފި އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ރާއްޖޭގައި އިންސާނީ ހައްގުތަކާއި، ޑިމޮކްރަސީގެ އުސޫލުތައް ޕްރޮމޯޓު ކުރެވޭނެ ގޮތްތަކާމެދު ޓެސާ އާ މަޝްވަރާ ކުރައްވަފައެވެ.