ޝަހީދާ އަބްދުﷲ ސައީދު
ނައިބު ރައީސް ފައިސަލް ނަސީމް އާއި އެމަނިކުފާނުގެ އާއިލާ ހިލާލީގެއަށް ބަދަލުވެވަޑައިގެންފިއެވެ.
ނައިބު ރައީސް ފައިސަލް ހިލާލީގެއަށް ބަދަލުވެވަޑައިގަތީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.
ހިލާލީގެ އަށް ނައިބު ރައީސް ފައިސަލް ނަސީމު ވަޑައިގެންފައި މިވަނީ މަގާމާއި ހަވާލުވެވަޑައިގެން ފަހުން ދެމަހާ ކައިރިވެފައި ވަނިކޮށެވެ.
ހިލާލީގެ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވަމުން ގެންދެވި ގެކޮޅެވެ. ނަމަވެސް އޭގެ ކުރިން ކުރީގެ ނައިބު ރައީސް ޑރ. ޖަމީލާއި ކުރީގެ ރައީސް ޑރ.ވަހީދު ވެސް އެ ގެކޮޅުގައި ދިރިއުޅުއްވިއެވެ.
ހިލާލީގެ އަކީ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ގެކޮޅެވެ. ނަމަވެސް ދައުލަތަށް ޚިޔާނާތްތެރިވެ ވަޑައިގެންކަމުގެ ތުހުމަތުގައި އެ ގެކޮޅު ވަނީ ރައީސް މައުމޫންގެ ސަރުކާރުގައި ދައުލަތަށް ނަންގަވާފައެވެ. އޭގެ ފަހުން ކުރީގެ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމާ ހަމައަށް ހިލާލީގޭގައި ތިއްބެވީ ރާއްޖެއިން ބޭރުން ވަޑައިގަންނަވާ އިއްޒަތްތެރިންނެވެ.
ހިލާލީގެ އަލުން މަރާމާތު ކުރުމަށްފަހު އެގޭގައި ނައިބު ރައީސުން ތިއްބަވަން ފައްޓަވާފައިވަނީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ފެށިގެންނެވެ.