ޚަބަރު

އެމްއޭސީއެލްގެ މުވައްޒަފުން ތެލަސީމިއާ ސެންޓަރަށް ލޭ ހަދިޔާކޮށްފި

އަލީ ޔާމިން

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެމް) އިން ތެލަސީމިއާ ސެންޓަރަށް ލޭ ހަދިޔާކޮށްފި އެވެ.

އެމްއޭސީއެލްގެ ސީއީއޯ ގޯޑަން އެންޑްރޫގެ އިސްނެންގުވުމުގެ ދަށުން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމަކީ ތެލެސީމިއާ ސެންޓަރާ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. އެ އެމްއޭސީއެލްގެ މެނޭޖްމަންޓުގެ ބޭފުޅުން ހިމެނޭގޮތަށް 60 ވަރަކަށް މުވައްޒަފުން ވަނީ ލޭ ހަދިޔާކޮށްފަ އެވެ.

"އިންސާނިއްޔަތު ކަމަށްޓަކައި ލޭ ހަދިޔާކުރުން" ޝިއާރުގެ ދަށުން މިއަދު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު "ވަން" އަށް ދެއްވަމުން އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ، ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމަކީ ކޮވިޑް-19އާ ގުޅިގެން ތެލަސީމިއާ ކުދިންނަށް ބޭނުންވާ ލޭގެ ޝޯޓޭޖެއް ކުރިމަތިވުމުން އެކުދިންނަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.