ފުލުހުން، ގެއްލުނު މީހަކު ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނެފައިވަނީ، ނ.މަނަދޫ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ، ވީނުވީއެއް ނޭނގި ގެއްލިގެން ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ނ.ހެނބަދޫ، އެންދެރިމާގެ މުޙައްމަދު އަޒުމީރު (25އ) އެވެ.
ވީމާ މި މީހާއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ނ.މަނަދޫ ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9792039 ނުވަތަ 3322111 ށް ގުޅުއްވައި ޙިއްސާކުރެއްވުން އެދޭ ކަމަށް ފުލުހުންވަނީ ބުނެފަ އެވެ.