ޝެއިޚް އަލީ ޒައިދު

މީހުންނަށް އުނދަގޫވާ ގޮތަށް މަގުމައްޗަށް ކުނި އެޅުމަކީ ހުއްދަކަމެއް ނޫން: ޝައިޚު ޒައިދު

ޝަހީދާ އަބްދުﷲ ސައީދު

މީސްތަކުންނަށް އުނދަގޫވާ ގޮތައް މަގުތަކަށް ކުނި އެޅުމަކީ ހުއްދަކަމެއް ނޫންކަމަށް އައްޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚު ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަގުމައްޗަށް ކުނި ނެރެންވާނީ ވަރަށް އަވަސް ވަގުތެއްގައި އުކާލަން ވެގެން ކަމަށެވެ.

އަދި އެނޫން ގޮތަކަށް ތިމާގެ ފަރާތުން އެހެން މީހުންނަށް އުނދަގޫ ދިނުމަކީ ތިމާއަށް މީސްތަކުންގެ ދުލުން ލައުނަތް ލިބިގެންދާނެ ކަމެއް ކަމަށް ޝައިޚު ޒައިދުގެ ޓުވީޓުގައި ވެއެވެ.

ޒައިދު މިފަދައިން ވިދާޅުވެފައިވާ އިރު ފާއިތުވެ ދިޔަ ދެ ދުވަހު މާލޭގެ މަތުތަކަށް ކުނި އެޅި ހަތަރު މީހެއްގެ ނަން އީޕީއޭއިން ވަނީ އާންމުކޮށްފައެވެ.

އަދި ކުނި އުކާލުމުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދީފައި ވީނަމަވެސް ބައެއް ފަރާތްތަކުން މަގުތަކަށް ކުނި އަޅަމުންދާ މައްސަލައިގައި އާންމުން ވެސް ދަނީ ޝަކުވާ ކުރަމުންނެވެ.