ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ނަން، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒަށް ބަދަލުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން، އެ މަރުކަޒުގެ ނަމަށް ކުޑަ ބަދަލެއް ގެނެސްފައިވާއިރު އެގޮތަށް ބަދަލުކޮށްފައިވާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
ޤުރްއާނާ ބެހޭ އިލްމު އުނގަންނައިދިނުމާއި ގުރުއާނުގެ ތާރީހު ދިރާސާކުރާ އެ މަރުކަޒު އުފައްދާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައެވެ.
އިސްލާމިކް މިނިސްޓްރީން ހިންގާ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ އިތުރުންވެސް މިހާރުގެ ސަރުކާރުން ދަނީ ބައެއް މުއައްސަސާތަކާއި ތަންތަނުގެ ނަންތަކަށް ބަދަލުކޮށް މަސައްކަތްތަކަށް ބަދަލު ގެންނަމުންނެވެ.