ސިނަމާލެ ބްރިޖް

ސިނަމާލެ ބުރިޖުން ދަތުރުކުރަމުންދިޔަ ކާރެއްގައި ރޯވެއްޖެ

ސިނަމާލެ ބުރިޖުން ދަތުރުކުރަމުންދިޔަ ކާރެއްގައި ރޯވެއްޖެއެވެ.

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އެމްއެންޑީއެފްގެ ފަޔާ ޓީމު އެ ސަރަހައްދަށް ދިޔަ އިރު އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 11:37 ގައި ކަމަށާއި އެ ހާދިސާ ހިނގާފައިވަނީ ސިނަމާލެ ބްރިޖުން ފައިބައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ގުޅޭ ހައިވޭ ސަރަހައްދުން ކަމަށެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ވެސް ހައިވޭ ސަރަހައްދުން ދުއްވާފައިދިޔަ ޕިކަޕެއްގައި ވަނީ ރޯވެފައެވެ.