މުހައްމަދު އައުޒަމް
މ. މުލީގައި ފާމަސިސްޓަކަށް މަސައްކަތްކުރާ އިންޑިއާ ރައްޔިތަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިރޭ 7:57 ހާއިރު ފާމަސިސްޓަކަށް މަސައްކަތްކުރާ އިންޑިއާގެ ރައްޔިތަކަށް މީހަކު ހަމަލާދީފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ޒަހަމްވި އުމުރުން 31 އަހަރުގެ އިންޑިއާ މީހާ މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށާއި އެ މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައިނުވި ނަމަވެސް އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެ ހާދިސާގައި ޒަހަމްވި މީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލު ލިބޭގޮތް ވަނީ ނުވެފައެވެ.