ޚަބަރު

ފިހާރަ އާއި އޮފީސްތަކަށް ބޭނުންވާ ނިއު ނޯމަލް ސްޓިކާ އާއި ކޮވިޑާ ދެކޮޅަށް ބޭނުންވާ ގިނަ ސާމާނު އެމް 7އިން

އަލީ ޔާމިން

އެމް 7 އޭ ބުނުމުން އެތަން ނުދަންނަ ދިވެއްސަކު މިއަދު މަދުވާނެ އެވެ. އެއީ މަދު ދުވަސްކޮޅެއްްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ބުކްޝޮފެކެވެ. ފޮތް ފަންސޫރުން ފެށިގެން ޕްރިންޓިން އާއި އެހެނިހެން ހިދުމަތްތައް ދިނުމުގައި ވެސް އެއީ މިއަދު މަޝްހޫރު ބްރޭންޑެކެވެ.

އެމް 7އިން މިހާރު ދަނީ ކޮވިޑް-19ގެ މި ހާލަތުގައި ވެސް ކަސްޓަމަރުން ބޭނުންތަކާއި އެއްގޮތަށް އެތަނުންދޭ ހިދުމަތްތައް އިތުރުކޮށް، ވިއްކާ ޕްރޮޑަކްޓްތައް އިތުރުކޮށްފަ އެވެ.

އެގޮތުން ނިއު ނޯމަލްގައި އޮފީސްތަކާއި ފިހާރަތަކާއި ކޭފޭ ރެސްޓޯރެންޓައް ހުޅުވަމުން އަންނައިރު، އެތަންތަނަށް ބޭނުންވާ އެކި ސައިޒުގެ ގައިދުރުކަމުގެ ސްޓިކާ އަދި ފްލޯ ސްޓިކާ އެމް 7އިން މިހާރު ލިބެން ހުންނާނެއެވެ. އޭގެ އިތުރުން އެތަނުން ދަނީ ނިއު ނޯމަލްގެ ސައިނޭޖާއި ޓޭބަލް ޝީލްޑް އަދި ފޭސް ޝީލްޑް ފަދަ ކޮވިޑާ ދެކޮޅަށް ބޭނުންވާ ތަކެތި ވެސް ވިއްކަމުންނެވެ.

އެމް 7ގެ އެންމެ ހާއްސަ ކަމަކީ ކަސްޓަމަރުންގެ އިހުސާސްތައް ދަނެ، ލުއިފަސޭހަ ކޮށްދިނުމެވެ. ކޮވިޑާ ގުޅިގެން ވެސް އެތަނުން ވަނީ ހާލަތާ ގުޅޭ މުހިންމު ސްޓިކާތައް އެކުލެވޭ ދެ ޕެކޭޖެއް ވިޔަފާރިތަކަށް އަމާޒުކޮށްގެން ތައާރަފްކޮށްފަ އެވެ.

އެގޮތުން ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން އެމް 7 އިން ތައާރަފް ކޮށްފައިވަނީ އެންމެ މުހިންމު ސްޓިކާތައް އެކުލެވޭ ޕެކޭޖެކެވެ. އެ ޕެކޭޖުގެ އަގަކީ އެންމެ 145 ރުފިޔާ އެވެ.

ދެން ހިމެނެނީ މެދުފަންތީގެ ވިޔަފާރިތަކާއި އޮފީސްތަކަށް ހާއްސަ ޕެކޭޖެކެވެ. 385 ރުފިޔާއަށް ލިބޭ އެ ޕެކޭޖުގައި އޮފީސްތަކަށް ބޭނުންވާ އެންމެ މުހިންމު އެކި ބާވަތުގެ ސްޓިކާ އަދި ފްލޯ ސްޓިކާ ހިމެނެ އެވެ.

އެމް 7އިން ވިއްކާ ސްޓިކާ ޕެކޭޖުތަކަށް އޯޑަރު ކުރުމަށް ގުޅަން ޖެހޭނީ 3307787 އަށެވެ. ނުވަތަ 9197787 ނަންބަރު ވައިބާއަށް މެސެޖެއް ކޮށްލައިގެން ވެސް އޯޑަރު ދެވޭނެ އެވެ.