ޚަބަރު

ފޯކައިދޫގައި ބިދޭސީއަކަށް ހަމަލާދިން ބިދޭސީއަކު ހައްޔަރުކޮށްފި

ށ. ފޯކައިދޫގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ދެ ބިދޭސީއެއްގެ ދެމެދުގައި ހިންގި ހަމަނުޖެހުމެއްގައި އޭގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އަދި އޭނާގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖެހުމުން، ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.