ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)އިން އިންޑިއާއަށް މައުލޫމާތު ދީފިއެވެ.
އެމްޓީޑީގެ ޓީމެއް މިއަދު ވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައާޅާފައިވާ ސަފީރު އަކިލޭޝް މިޝްރާއާ ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުވުމާ ގުޅޭގޮތުން "ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ވިދާޅުވީ އަދީބުގެ ހާލުކޮޅުގެ މައުލޫމާތު އެމްބެސެޑަރަށް ދެއްވާފައިވާ ކަމަށެވެ.
"ވަރަށް ރަނގަޅަށް އެކޮޅުން އެއްސެވި. އަދި އެކަމާ ގުޅޭ މައުލޫމާތު ވަނީ ސާފުކުރައްވާފައި،" އޭނާ ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އެ މައްސަލައިގައި ވަކި އެއްޗެއް އިންޑިއާގެ ފަރާތުން ބުނެފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އަދީބުގެ ހާލު ގާތުން ބައްލަވާނެ ކަމުގެ ޔަގީންކަން އަކިލޭޝް މިޝްރާ ދެއްވި ކަމަށް ޔާމީން ވިދާޅުވިއެވެ.