ރައީސް އޮފީސް

އެމްކިއުއޭ އާއި ޕޮލިޓެކްނިކްގެ ސީއީއޯގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވައިފި

އަހުމަދު ޖައިޝަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އާއި މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯގެ މަގާމަށް ބޭފުޅުން އައްޔަނުކުރައްވައިފި އެވެ.

އެމްކިއުއޭގެ ސީއީއޯގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ ޑރ. އަބްދުލްހައްނާނެވެ. އަބްދުލްހައްނާނު އެންމެ ފަހުން އަދާކުރައްވާފައިވަނީ މޯލްޑިވްސް ބިޒްނަސް ސްޓެންޑަރޑްގެ އެޑިޓަރެއްގެ މަގާމެވެ. އޭނާއަކީ އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޕޮލިޓެކްނިކްގެ ސީއީއޯގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ގދ. ގައްދޫ، ފަހާގެ، އަހުމަދު ނަސީރެވެ. އޭނާ ވަނީ ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް މެނޭޖްމަންޓް އުފެއްދުމާއި މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވައިފައެވެ.

އޭގެ އިތުރުންވެސް ނަސީރު ވަނީ ޓިވެޓް އޮތޯރިޓީގެ އެސެސަރގެ މަގާމާއި ޓިވެޓް އޮތޯރިޓީގެ ކައުންސިލް މެންބަރުކަމާއި ސިވިލް ސާވިސް ޓްރެއިނިންގް އިންސްޓިޓިއުޓާއި ވިލާ ކޮލެޖާއި ޓްރެއިނިންގް މޯލްޑިވްސާއި މޯލްޑިވްސް އިންސްޓްޓިއުޓް ފޮ ޓެކްނޮލޮޖީއާއި މަންދު ކޮލެޖްގައި ޕާޓް ޓައިމް ލެކްޗަރާއެއްގެ މަގާމު އަދާކުރައްވައިފައެވެ.