މޯލްޑިވްސް ކަސްޓަމްސް ސާވިސް

މުވައްޒަފުން މަދުވުމުން ޚިދުމަތްދިނުމުގައި ގޮންޖެހުންތަކެއް އެބަހުރި: ކަސްޓަމްސް

ޝަހީދާ އަބްދުﷲ ސައީދު

3

މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި މުވައްޒަފުން މަދުވުމާއި ގުޅިގެން ތަނުގެ ހިދުމަތް ދިނުމަށް ގޮންޖެހުންތަކާ ކުރިމަތިވެފައިވާކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާނު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނުއުމާނު ވިދާޅުވީ ކަސްޓަމްސްގައި ހުނަރުވެރި ގާބިލް މުވައްޒަފުން އެބަތިބި ކަމަށެވެ. ނަމަވެސް ތަނުންދޭ ހިދުމަތަށް ބަލާއިރު އެކަށީގެންވާ ހިދުމަތް ދިނުމަށް މުވައްޒަފުން މަދުވުމުގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނުއުމާނު ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނަށް ކަސްޓަމްސްގެ ހިދުމަތްތައް ފުޅާކޮށްފައިވާއިރު، ހިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެވޭ ވަރަށްވުރެ ތަނުގެ މުވައްޒަފުން މަދު ކަމަށެވެ.

އެކަމުގެ ސަބަބުން ކަސްޓަމްސްގެ ހިދުމަތްތަކަަށް ބުރޫ އަރާ ކަމަށާއި ކަސްޓަމްސްގެ ދަށުން ބަލަހައްޓަން ޖެހޭ ކަންކަން ބެލެހެއްޓުމުގައި ގޮންޖެހުންތަކަކާ ވެސް ކުރިމަތިވަމުންދާ ކަމަށް ވިދާޅުވިއެވެ.

އަދި ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ފަތުރުވެރިކަމުގެ ސިނާއަތުން ކަމަށާއި ފަތުރުވެރިކަން ކުރިއަރަމުންދާ މިންވަރަށް ކަސްޓަމްސްގެ ހިދުމަތް ވެސް ރަގަޅުވެގެންދާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟