ޚަބަރު

އެމްއައިޓީޑީސީގެ މެނޭޖިންގް ޑިރެކްޓަރަކަށް މުހައްމަދު ރާއިދު ހަމަޖައްސައިފި

މަރިޔަމް ޝަހުދާ

މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވަލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް، އެމްއައިޓީޑީސީގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް ހ.ސްވޯޑް، މުހައްމަދު ރާއިދު ހަމަޖައްސައިފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ވަނީ މިކަން އިއުލާނުކޮށްފައެވެ. އެމްއައިޓީޑީސީގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވީ އެ ކުންފުނީގެ އެގްޒެކިއުޓިވް ޑިރެކްޓަރގެ މަގާމުވެސް އަދާކުރެއްވި މުހައްމަދު ޝާހިދެވެ.

އެމްއައިޓީޑީސީ އަކީ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.