ޚަބަރު

ދީން ކުރިއެރުވުމާ ގުޅޭގޮތުން ޝެއިޚް އިމްރާން، ޕީކޭއާރު ލީޑަރާއެކު މަޝްވަރާކުރައްވައިފި

އަހުމަދު ޖައިޝަން

އިސްލާމް ދީން ކުރިއެރުވުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ލީޑަރު ޝެއިހް އިމްރާން އަބްދުﷲ، މެލޭޝިއާގެ ޕީޕަލްސް ޖަސްޓިސް ޕާޓީ (ޕީކޭއާރު)ގެ ލީޑަރު އަންވަރު އިބްރާހީމާއެކު މަޝްވަރާކުރައްވައިފި އެވެ.

މިނިސްޓަރު އިމްރާން މިއަދު، ޕީކޭއާރުގެ ލީޑަރު އަންވަރާ ބައްދަލުކުރައްވާފައިވަނީ އަދާލަތު ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުންނެވެ.

ދެ ޕާޓީގެ ދެމެދުގައި ގުޅުން ވަރުގަދަކޮށް ދެ ޕާޓީއަށްވެސް ފައިދާހުރި ކަންތައްތަކާ ގުޅޭގޮތުން އެ ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވައިފައެވެ.

މިނިސްޓަރު އިމްރާނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ އެ ބައްދަލުވުމަށް ފުރުސަތު ލިބިވަޑައިގަތުމުން ޝުކުރު އަދާ ކުރައްވާ ކަމަށެވެ.