ޚަބަރު

ޒިނޭކުރި މީހާ ރަޖަމްކުރަން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފި

އަހުމަދު ޖައިޝަން

4

ޒިނޭ ކުރިކަން ސާބިތުވި މީހަކު ރަޖަމް ކުރަން ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފި އެވެ.

ޒިނޭ ކުރިކަން ސާބިތުވި މީހާ ރަޖަމް ކުރުމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވަނީ އިއްޔެ އެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ޒިނޭކުރިކަމުގެ ކުށުގެ ދައުވާގައި ނައިފަރު މެޖިސްޓްރޭޓް ކޯޓުން އެ މައްސަލަ، ހިންގާ ނިންމާފައިވަނީ ޖިންސީ ކުށުގެ ގާނޫނުގެ 27 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.

އެހެންކަމުން އެހުކުމް ބާތިލްކޮށްފައިވާ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ބުނެފައެވެ.

މީގެ ކުރިން ޒިނޭ ކުރި ކަމަށް އެއްބަސްވި އަންހެނަކު ރަޖަމު ކުރުމަށް 2015 ވަނަ އަހަރު ގއ. ގެމަނަފުށި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވެއެވެ. ނަމަވެސް އެ ފަހަރުވެސް ސުޕްރީމް ކޯޓުން ވަނީ ހުކުމް ބާތިލުކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟