ކުޑަކުދިންގެ ހިޔާ އާއި އަމާން ހިޔާ އާއި ފިޔަވަތި އަދި ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުތައް ސީދާ ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށަށް އިއްޔެ ބަދަލުކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިނގަމުންދާގޮތަށް ހަމަޖައްސަވައިފައިވާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ދަށުން ހިނގަމުންއައި، "ފިޔަވަތި" އާއި، "ކުޑަކުދިންގެ ހިޔާ" އާއި، "އަމާންހިޔާ" އާއި، "ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ" ތައް މިދިޔަ ބުދަ ދުވަހުން ފެށިގެން، ސީދާ މިިނިސްޓްރީގެ ދަށުން ހިންގަމުންދާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.
އެއާއެކު މިނިސްޓްރީގެ ދަށުން އެ މަސައްކަތްތައް ބަލަހައްޓާ ހިންގަން ފަށާފައިވަނީ އިއްޔެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މީގެކުރީން އެތަންތަން ބަލަމުން ދިޔައީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ދަށުންނެވެ.